-Advertisement-

-Advertisement-

މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިއްކަން ސިފައިން ނިކުމެއްޖެ

ފޮޓޯ: އެމްއެންޑީއެފް

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިއްކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނިކުމެއްޖެއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފެންހިއްކުމަށް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ތަނުގެ ފޮޓޯ ހިއްސާކޮށްފައިވާއިރު، ފޮޓޯއިން ފެންނަ ގޮތުގައި ފެންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ މާފަންނު އައިޖީއެމްއެޗް ކައިރީގައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މާލެ ސަރަހައްދުގައި ފެންބޮޑުވެފައިވާއިރު، މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 21:00 އިން 2:00 އަށް ހުދު ސަމާލު ނެރެފައެވެ. އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-