-Advertisement-

-Advertisement-

ބައްސާމުގެ އެޕަރޓްމަންޓް ހަވާލުކުރުމަށް އިތުރު މުއްދަތަށް އެދިއްޖެ!

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް /ފޮޓޯ: އަވަސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ބުނާ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކުރުމަށް ދިން މުއްދަތު އިތުރުކޮށްދިނުމަށް އޭނާގެ ވަކީލުން އެދިއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އަމީން އެވެނިއުއިން ބައްސާމް ގަތް ދެ ފްލެޓް ދެ ދުވަހުގެ ތެރޭގައި ފުލުހުންނާއި ހަވާލުކުރުމަށް އަމުރުކޮށްފައި ވަނިކޮށް އެ މުއްދަތު އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދި ބައްސާމް އަޑީލް ޖަލީލުގެ ވަކީލުން ފުލުހުގައި ސިޓީއަކުން އެދިފައިވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ އެ ސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނާއި އިކޮނޮމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މީގެކުރިން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

ކޮވިޑު ތެރޭގައި ކްލަބްތަކަށް ފައިސާ ދޫކުރަން ދިވެހި އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް އަދީލް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމްގެ އިތުރުން، އަމިން އެވެނިއުގެ ވެރި ކުންފުނި އަމިން ކޮންސްޓްރަކްޝަންސްގެ މައްޗަށާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-