-Advertisement-

-Advertisement-

މަރާމާތުތަކެއް ކުރިއަށް ދާތީ މަޖިލިހުގެ ތިންވަނަ ދައުރު ފެށުން އަންނަ ހަފްތާއަށް ފަސްކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ޖަލްސާތައް ބްރޯޑްކާސްޓު ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ މަޖިލިހުގެ ޖަލްސާތައް ބްރޯޑްކާސްޓު ކުރުމުގައި ދަތިތަކެއް ހުރުމުން ތިން ވަނަ ދައުރު ފެށުން އަންނަ ހަފްތާއަށް ފަސްކޮފިއެވެ.

މަޖިލިސް އިދާރާއިން މެމްބަރުންނަށް މިއަދު ފޮނުވި މެސެޖުގައި ބުނެފައިވަނީ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ،  މި މަހު 14 ވަނަ ދުވަހުކަމަށެވެ.

މީގެކުރިން މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވަނީ އޮކްޓޯބަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

އެގޮތުން ޖަލްސާތައް ފެށުން ލަސްކުރީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓު ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާތީ، މި މަސައްކަތް ކުރިޔަށް ގެންދާއިރު ޖަލްސާތަކުގެ އޯޑިއޯ އަދި ވީޑިއޯ ދެއްކުމަށް ބުރޫއަރާނެތީ ކަމުގައި އެ އިދާރާއިން ހިއްސާކުރި މެސެޖުގައި ބުނެފައިވެއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް, މި އަހަރުގެ މެއި 28 ގައި ހުވާކުރުމަށް ފަހު، ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލައި ޗުއްޓީއަށް ގޮސްފައިވަނީ އޮގަސްޓު 22 ގައެވެ. އޭގެ ފަހުން ދައުރުން ބޭރުން ތިން ޖަލްސާއެއް ބާވައިފެއެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު، އެ ދައުރުގައި 82.9 ޕަސެންޓު މަސައްކަތްތައް ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-