-Advertisement-

-Advertisement-

މޫސުން އިތުރަށް ގޯސް، އުތުރަށް ރީނދޫ ސަމާލު އަދި ދެކުނަށް ހުދު ސަމާލު!

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު އަދި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ރީނދޫސަމާލު ނެރެފައިވަނީ ރާއްޖޭގެ އުތުރުން ހއ އަތޮޅުން ފެށިގެން އދ އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

އެގޮތުން މިއަދުގެ 10:00 ފެށިގެން 14:00 އާއި ދެމެދަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް 25 މޭލާއި 30 މޭލައި ދެމެދުގެ ބަރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 50 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

https://x.com/MetMaldives/status/1843147610988966248

އަދި ކަނޑުތައްވެސް ގަދަ ވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މިއަދު 10:00ން 14:00އި ދެމެދަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރުނު ހުދު ސަމާލުގައި އެ އިދާރާއިން ބުނެފައިވަނީ ހުދު ސަމާލުގެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

https://x.com/MetMaldives/status/1843148616929833429

މި ފާއިތުވި ހަފްތާއިން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަކުރަމުން އަންނަ އިރު އިއްޔެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ވުމާއެކު، ވިއްސާރަވުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ރައްކާތެރިވުމަށް ޑިޒަރސްޓަރ މެނޭޖްމަންޓް ސެންޓަރުން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-