-Advertisement-

-Advertisement-

ފުލުހުންގެ ޓްރެފިކް އޮޕަރޭޝަންގައި ލައިސަންސް ނެތް 112 މީހެއް ހިފަހައްޓައިފި

ސިނަމާލެ ބްރިޖް ސަރަހައްދުގައި ޓްރެފިކް ޕޮލިސް ހަރަކާތްތެރިވަނީ- ސަން ފޮޓޯ

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވުމުގެ ސަބަބުން މަގުމަތީގައި ފުލުހުން ޓްރެފިކް ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެއިން ފާސްކުރި އުޅަނދުތަކުގެ ތެރޭގައި ލައިސަންސް ނެތް 112 މީހުން ފާހަގަވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހާއި ދެމެދު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެއިން 6،693 އުޅަނދު މަޑުކުރުވާ، ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި ދެ ފުރޮޅުލީ 5،427 އުޅަނދާއި ހަތަރު ފުރޮޅުލީ 1،266 އުޅަނދެއް ބަލައި ފާސްކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އޭގެ ތެރެއިން ހަތަރު ފުރޮޅުލީ 88 ވެހިކަލަކާއި ދެ ފުރޮޅުލީ 394 ވެހިކަލެއް ހިމެނޭހެން ޖުމުލަ 482 ވެހިކަލަކަށް ފިޔަވަޅު އަޅައިފައިވާކަމަށެވެ.

https://x.com/PoliceMv/status/1843139151769854418

އަދި އެގެ ތެރެއިން ލައިސަންސް ނެތި އުޅަނދު ދުއްވި 112 މީހެއް ފާހަގަވެފައިވާކަމަށާއި އޭގެ ތެރެއިން 20 އުޅަނދެއް ޓޯކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި ގަވާއިދާ ޚިލާފަށް ދުއްވުމުގެ ސަބަބުން 515 އުޅަނދެއް މަޑުކުރުވައި އުޅަނދު ދުއްވި ފަރާތަށް ވަނީ ނަސޭހަތްތެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުރައްކާތެރިކޮށް ދުއްވި 43 އުޅަނދަކާއި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ހިފެހެއްޓި 182 އުޅަނދެއް ކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މީގެ ކުރީން ފުލުހުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-