-Advertisement-

-Advertisement-

ރައީސް ޑރ މުއިއްޒު، އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި -ފޮޓޯ/ ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިންދިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލު ކުރައްވައިފިއެވެ.

އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫގެ ޚާއްސަ ދަޢުވަތަކަށް އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފައި ވަނީ، މޯދީގެ ރަސްމީ ގެކޮޅު ހައިދްރައާބާދު ހައުސްގައެވެ.

މި ބައްދަލުވުމުގެ ތެރެއިން ދެ ޤައުމާއި ގުޅުންހުރި ގިނަ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު ދެ ޤައުމުގެ ދެމެދުގައި 5 އެއްބަސްވުމެއްގައިވެސް ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ބައްދަލުވުމުގެ ތެރެއިން ރައީސް މުއިއްޒާއި ނަރެންދްރަ މޯދީ ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއްވެސް ދެއްވައިފައެވެ.

މި ސްޓޭޓްމަންޓްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގައި އިންޑިޔާއަކީ މުހިއްމު ބައިވެރިއެއް ކަމަށާއި ރާއްޖެއަށް ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި އަބަދުވެސް އިންޑިޔާގެ މަދަދާއި އެހީ ލިބޭކަމަށެވެ.

އެގޮތުން އިންޑިޔާގެ ޓުއަރިސްޓް މާކެޓަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މާކެޓް ކަމަށާއި އަބަދުވެސް އެ ޤައުމުގެ ފަތުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔާނެކަމުގައިވެސް ރައީސް މުއިއްޒުގެ ސްޓޭޓްމަންޓްގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިންޑިޔާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަބަދުވެސް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މިއަދު ވަނީ މަރުޙަބާ ދަންނަވައިފައެވެ. މި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްހްބާ ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް އިންޑިއާ އަށް ކުރައްވާ ތާރީޚީ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން އާގަރާ އާއި މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގެން އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-