-Advertisement-

-Advertisement-

އިންޑިޔާއާއި ރާއްޖެއާ ދެމެދު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ މިއަދު ސަލާމް ކުރައްވަނީ. - ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި އިންޑިޔާއާއި ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޑިޔާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާއެކު މިއަދު ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އިންޑިޔާގެ ރައީސްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގަވަރުނަރު އަހްމަދު މުނައްވަރެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއާ ރުޕީ މެދުވެރިކޮ އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ.

އެގޮތުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.

އެގޮތުން ޑޮލަރު ނުވަތަ ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އަދި އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވާއިރު، މިއީ ދެގައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއްކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ފުރަތަމަ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކުރީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.

މިހާތަނަށް އެމްއެމްއޭ އިން ވަނީ 700 މިލިއަން ޔޫއެސް ޑޮލަރުގެ ސްވޮޕް ތެރޭން ބޭނުންކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-