-Advertisement-

-Advertisement-

އިންޑިއާގެ އެހީގައި އިމާރާތްކޮށްފައިވާ 700 ހައުސިން ޔުނިޓު ހަވާލުކޮށްފި

ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 700 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާއި މިއަދު ހަވާލުކޮށްފިއެވެ.

މިހައުސިން ޔުނިޓުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނުގެ އެހީގައި ހުޅުމާލޭގައި އިމާރަތްކޮށްފައިވާ 4،000 ހައުސިން ޔުނިޓު އަޅަން ކޭޕީއައިއެލް އަދި އެންބީސީސީ އާއި ހަވާލުކޮށްފައި ވަނީ ކުރީގެ ސަރުކާރުންނެވެ. އެއީ ކޭޕީއައިއެލް ހަދާ 16 ޓަވަރު އަދި އެންބީސީސީން ހަދާ 16 ޓަވަރެވެ.

މީގެތެރެއިން 700 ހައުސިން ޔުނިޓް ފިނިޝިން މަސައްކަތްތަކާއިއެކު ނިންމުމަށްފަހު މިއަދު ދިވެހި ސަރުކާރާއި ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

މިހައުސިން ޔުނިޓުތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ 2025 ވަނަ އަހަރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-