-Advertisement-

-Advertisement-

ރައީސް ޑރ މުޢިއްޒު އިންޑިޔާގެ ނައިބު ރައީސާއި ބައްދަލުކުރައްވައިފި

ފޮޓޯ: ވައިސް ޕްރެޒިޑެންޓް އޮފް އިންޑިއާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިބައްދަލުވުން ބާއްވާފައިވާއިރު، މިބައްދަލުވުމުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރު ފުރޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެމެދު ވިޔަފާރި އާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އެތައް ޤަރުނެއްވީ ތާރީޚެއް އޮތް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާއިން އިސްކަންދޭ ދިނުމުން އަންގައިދެނީ، ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކުރެވިފައިވާ މިންވަރު ކަމަށެވެ.

މިބައްދަލުވުމުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް ވިދާޅުވީ، ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަކީ ދެ ޤައުމެއްގެ ގުޅުން ބަދަހިކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ތާރީޚީ ގުޅުން އަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމަށެވެ.

މިބައްދަލުވުމުގައި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ފެށިފައިވާ މުޢާމަލާތްތަކުގެ އެހީގައި، ހުރިހާ ފެންވަރެއްގައިވެސް އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތު ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-