-Advertisement-

-Advertisement-

އޯގަތެރި މުޖުތަމަޢެއް ބިނާކުރުމަކީ މާލެ ސިޓީ ކައުންސިލްގެ އެންމެ މުހިއްމު މަޤުޞަދު: އާޒިމް

ފޮޓޯ: މާލެ ސިޓީ ކައުންސިލް

އޯގަތެރި މުޖުތަމަޢެއް ބިނާކުރުމަކީ މާލެ ސިޓީ ކައުންސިލްގެ އެންމެ މުހިއްމު މަޤުޞަދުކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، މާލެ ސީޓީގެ އަންހެނުންގެ ތަރައްޤީއަށް ޓަކައި މަސައްކަތްކުރާ ކޮމިޓީން، މާލެ ސިޓީގެ ރައްޔިތުންގެ ޙާލު ބެލުމަށް ޓަކައި، ރައްޔިތުން ”ރައްޔިތުންނާ ގާތުން” މި ޝިޢާރުގެ ދަށުން ކުރަން ފަށާ ސާވޭ ފައްޓަވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ކައުންސިލްތަކުން ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންގެ ޙާލު ބެލުމަކީ ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ފަށާ ސާވޭގެ މަސައްކަތުގައި ރައްޔިތުން ދެއްވާ މައުލޫމާތުން އެކި ގޭބިސީތަކުގައި ދިރިއުޅުއްވާ އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވާ ރައްޔިތުން ދެނެގަނެވޭނެ ކަމަށެވެ.

އޭގެ ސަބަބުން އެ ފަރާތްތަކަށް އެހީތެރިވެދިނުމަށް މާލެ ސިޓީކައުންސިލުން ކުރަން ޖެހޭ އަދި ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މިސާވޭ ކުރިއަށް ގެންދިއުމަށް މޭޔަރު އާޒިމް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މިސާވޭގެ މަސައްކަތް ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދީއްތަ، އަދި ބުދަ ދުވަހު 2 ދަންފަޅީގައި އޮންނާނެ ކަމަށެވެ.

މީގެއިތުރުން، މި މަސައްކަތުގައި މާލެ ސިޓީގައި ހިމެނޭ 18 ދާއިރާ، 6 މަސް ދުވަހަށް ބާހާލައިގެން ފަހަރަކު ދާއިރާއެއް ނިންމަމުންގޮސް، ހުރިހާ ދާއިރާއަކަށް އަންހެނުންގެ ކޮމެޓީގެ ބޭފުޅުން ޒިޔާރަތްކުރާގޮތަށް ހަމަޖެހިފައިވާ ކަން ފާހަގަކުރައްވާ އެކައުންސިލުން ވިދާޅުވީ މި ސާވޭގެ މަޢުލޫމާތު އެއްކުރެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފުރިހަމަ މަޢުލޫމާތު ދެއްވުމަށް އެކައުންސިލުގެ މޭޔަރު ޢާޒިމް އެދިވަޑައިގެންފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-