-Advertisement-

-Advertisement-

ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު

ފޮޓޯ: ހަފްތާ އޮންލައިން

އެމްބަސީ ކައިރީގައި އިޒްރޭލާއި ދެކޮޅަށް އަޑު އުފުލި މައްސަލައިގައި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މިމައްސަލައިގައި ފުލުހުން ވަނީ ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރުކުރުމަށްފަހު، ދެފަހަރު މަތީން އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު އެމީހުން ދޫކޮށްލާފައިވާއިރު، ޝާދިޔާ ވަނީ އެނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ދެއަމުރުގެ ދަށުން އޭނަ ބަންދުގައި ބަހައްޓާފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓުގައި އެދި، އަމުރު އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުން މިމައްސަލައިގައި ކުރެއްވި ޙުކުމްގައި ބަޔާންކޮށްފައި ވަނީ ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ ކީއްވެކަން ސާފު ނުވާ ކަމަށެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނިންމާފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ހައިކޯޓުގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު ހަސަން ޝަފީއު ގެ އަޣުލަބިއްޔަތުން ޙުކުމް ކުރެއްވީ ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރެއްވުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-