-Advertisement-

-Advertisement-

ރާއްޖޭގައި ބޮލީވުޑްގެ ފިލްމުތައް ޝޫޓު ކުރަން ރައީސް ދައުވަތު ދެއްވައިފި

ފޮޓޯ: މިހާރު

ރާއްޖޭގައި ބޮލީވުޑްގެ ފިލްމުތައް ޝޫޓު ކުރަން އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑިއާގެ މުމްބާއީގައި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓު ކުރުމަށް ބޭއްވި އިވެންޓެއްގައި ބައިވެރިވެ ރައީސް ވަނީ ބޮލީވުޑްގެ ތަރިންނާއި ބައްދަލުކުރައްވައިފައެވެ.

މިއިވެންޓުގައި ބައިވެރިވި ބޮލީވުޑްގެ މަޝްހޫރުތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ސޮނާކްސީ ސިންހާ ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން، ފިލްމު އުފެއްދުމަށް ބޭނުން ކުރެވިދާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގައި ފިލްމު ޝޫޓު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުހަބާ ކިޔާ ކަމަށެވެ.

ރާއްޖެއިން އަންނަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައީސްގެ މިދަތުރުފުޅުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާއި ދެމެދު މުޙިންމު ފަސް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު އަރުވާފައެވެ. އަދި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީ ވިދާޅުވީ، އަންނަ އަހަރު ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތު މޯދީ ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-