-Advertisement-

-Advertisement-

ފުލުހުން ދިން މުއްދަތަށް ބައްސާމުގެ ދެ އެޕަރޓްމަންޓް ހަވާލުކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް އެ އެސޯސިއޭޝަންގެ ފައިސާއިން ހުޅުމާލޭ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕަރޓްމަންޓް ހަވާލުކުރުމަށް ފުލުހުން ދިން މުހުލަތަށް އެ އެ އެޕަރޓްމަންޓް ފުލުހާއި ހަވާލުކޮށްފިއެވެ.

ބައްސާމްގެ މިލްކިއްޔާތުގައިވާ އަމީން އެވެނިއުގެ ދެ އެޕާޓްމެންޓް މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްދިނުމަށް ބައްސާމުގެ ފަރާތުން އޭނާގެ ވަކީލުން ވަނީ ސިޓީއަކުން ފުލުހަށް އެދިފައެވެ.

އެގޮތުން ހާލަތަށް ރިޢާޔަތްކުރުމަށް ފަހު އެ މުއްދަތު ބައްސާމު އެދުނުގޮތަށް ފަސްކޮށްދިނުމަށް ފުލުހުން ނިންމި ނަމަވެސް މި މަހުގެ 7 ވަނަ ދުވަހުގެ ރޭ އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ، މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމް މި މަހުގެ 4 ވަނަ ދުވަހު އެދުމާއި ގުޅިގެން ފުލުހުން އިތުރަށް ދިރާސާކޮށް ބެލި ބެލުމުން އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ދެ އެޕާޓްމެންޓް ހުަސްކޮށް ހަވާލުވުމުގެ ކަންކަން ފުލުހުން ކުރިއަށް ގެންދާ ކަމަށާއި  2024 އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެޕާޓްމެންޓް ހަވާލު ނުކޮށްފިނަމަ ޤާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ރޭ ފުލުހުން ބުނެފައިވަނީ،  ރޭގެ 12:00 ގައި އެ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މިހާރު ދައުވާ ކުރަން ފޮނުވާފައިވާނީ ބައްސާމުގެ ނަމުގައި އަމިން އެވެނިއު އޭ 1205 އަދި އޭ 1206 ދެ އެޕާޓްމެންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްފައިވާ މައްސަލައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-