-Advertisement-

-Advertisement-

ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާފަރުގައި ފަށައިފި

ބީއެމްއެލްއިން ގާފަރުގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުން --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމެއް ކ ގާފަރުގައި ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

އެގޮތުން މިކަން ހާމަކޮށް ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މި އޭޓީއެމްއަކީ އެ ބޭންކުން ދެމުން އަންނަ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ގޮތުން ތަޢާރަފްކުރެވުނު ޚިދުމަތެއް ކަމަށާއި، މި އަމާޒުގެ ދާށުން ކ. ގާފަރުގައި މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ޚިދުމަތްދޭން ފަށައިފައިވާ ކަމަށެވެ.

ހަމަ އެޔާއެކު މި އޭޓީއެމްގެ ޚިދުމަތް މެދު ނުކެނޑި 24 ގަޑިއިރު ލިބެން ހުންނާނެކަން ފާހަގަކޮށް ބީއެމްއެލުން ބުނެފައިވަނީ، މި އޭޓީއެމުން  އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބެން ހުންނާނެކަމަށެވެ.

ބީއެމްއެލުން ގާފަރުގައި ހުޅުވި އޭޓީއެމްއާއެކު ކާފު އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމްކޮށްފައިވާ 2 ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އަމާޒާ އެއްގޮތަށް، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބޭންކުން ފޯރުކޮށްދެމުން ގެންދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-