-Advertisement-

-Advertisement-

އަޑު ބިލްޑިންގް ކައިރި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ދިވެހިރާއްޖޭގެ އަޑު

އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ބިލްޑިންގް ކައިރިން ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން ސީންގައި މިހާރު ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އާންމުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕުން ޖެހުނު ސައިކަލު ދުއްވަން އިނީ އަންހެނެކެވެ. އޭނާއާއެކު ސައިކަލުގައި ދެން އިނީ ކުޑަ އަންހެން ކުއްޖެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލު އެކްސިޑެންޓް ވުމުން އެ ތަނަށް މީހުން އެއްވި ވަގުތު ސައިލަކުގައި އިން އަންހެން މީހާ ހިތްހަމަ ނުޖެހިގެން ޕިކަޕުގެ ކުރިމަތި ލޯގަނޑުގައި ޖަހައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-