-Advertisement-

-Advertisement-

މާރާމާތުގެ މަސައްކަތް ކުރާތީ ކޫއްޑުއަށް މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލައިފި

ކޫއްޑޫ އެއާޕޯޓު- ފޮޓޯ/ ރައީސް އޮފީސް

ކޫއްޑޫ އެއަރޕޯޓްގެ މަރާމާތުގެ މަސައްކަތެއް ކުރިއަށް ދާތީ އެ އެއަރޕޯޓަށް މޯލްޑިވިއަނުން ކުރާ ޝެޑިއުލް ދަތުރުތައް މެދު ކަނޑާލުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވިއަނުން ވަނީ މިއަދު ބަޔާނެއްވެސް ނެރެފައެވެ.

މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި ކޫއްޑޫ އެއަރޕޯޓް މަރާމާތު ނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން އެ އެއަރޕޯޓްގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި އެކަމުގެ ސަބަބުން އެ ރަންވޭގައި ޖެއްސި މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވެ، ގްރައުޑްވެސް ކުރަން ޖެހުނު ކަމަށެވެ.

އެގޮތުން އެ އެއަރޕޯށް ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމީ ދަތުރު ކުރާ ފަސިންޖަރުންގެ ސަލާމަތަށްޓަކައި ކަމަށާއި ރަންވޭގެ މަރާމާތު ނިމުނުހާ އަވަހަކަށް އަލުން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމުގައި މޯލްޑިވިއަނުން ބުނެއެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީކޮށް ހިންގަނީ ޔޫރަޕުގެ މަޝްހޫރު ހޮޓެލް ކުންފުންޏެއްކަމަށްވާ “އެކޯ”އިންނެވެ. އެއާޕޯޓު ތަރައްގީކޮށް ހިންގުމަށް އެ ކުންފުންޏަށް ދެ ރަށް ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-