-Advertisement-

-Advertisement-

މާވެޔޮމަގުގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ

ވައިގަދަވެ މާވެޔޮމަގުގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އެގޮތުން އެ ގަސް ވެއްޓިގެން އައިސް އެ މަގުގެ އެއް ފަރާތުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި ދެ ސައިކަލަކަށް ވަނީ ގެއްލުން ވެފައެވެ.

ގަސް ވެއްޓުމުގެ ސަބަބުން މަގު ބަންދުވެފައި ވާއިރު، އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެޓް އޮފީހުން އިއްޔެ ވަނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ އާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަަށް ބުނެފައެވެ.

އަދި މިއަދުވެސް 55 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އެ އިދާރާއިން ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-