-Advertisement-

-Advertisement-

މޫސުމަށް ސަމާލުވޭ، ތިންވަނަ ފަހަރަށް ރީނދޫ ސަމާލު ދަންމާލަައިފި

ރީނދޫ ސަމާލު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ބާރު ގަދަވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލު މިއަދު ތިންވަނަ ފަހަރަށް ދަންމާލަައިފިއެވެ.

އެ އިދާރާއިން . އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ނެރުނު ރީނދޫ ސަމާލު ވަނީ މިރޭ 23:00އި ހަމައަށް ދަންމާލަައިފައެވެ.

އެގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ރީނދޫ ސަމާލުގެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުމާއެކު ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށްވެސް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ވިއްސާރަ ދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ލިބިދާނެ ގެއްލުމަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-