-Advertisement-

-Advertisement-

އެމްޑީޕީގެ “ލާމަރުކަޒީ ގުޅުން” ކޮންފަރެންސް ފަށައިފި

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން - ފޮޓޯ/އެމްޑީޕީ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އެމްޑީޕީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ “ލާމަރުކަޒީ ގުޅުން” ކޮންފަރެންސްގެ ފުރަތަމަ ބުރު ކުޅުދުއްފުށީގައި ފަށައިފިއެވެ.

އެމްޑީޕީގެ ލީޑަރޝިޕުން އަންނަ އަންގާރަ ދުވަހާއި ހަމައަށް ބޮޑު ތިލަދުންމައްޗަށް ކުރަމުން ގެންދާ ދަތުރުގައި މިއަދު ހެނދުނު ހދ ކުޅުދުއްފުށީގައި މި ކޮންފަރެންސް ފެށި އިރު މި ކޮންފަރެންސަކީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ކައުންސިލަރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ގޮތުން ބާއްވާ ސިލްސިލާ ކޮންފަރެންސެކެވެ.

އެ ޕާޓީން ބޮޑުތިލަދުންމައްޗަށް ކުރަމުން ގެންދާ ދަތުރުތަކުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ވެސް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުތަކުގެ ތެރެއިން  ހއ. ހދ. އަދި ށ. އަތޮޅުގެ އެކި ރަށްތަކަށް އެމްޑީޕީން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު މި ދަތުރުތަކުގެ ރޯޑްމެޕް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ.

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބުނެ މި ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރިކަމުގައި އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-