ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިއަދު ހެނދުނު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި 4 މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
މީގެ އިތުރުން އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައިވާކަމަށް ފުލުހުން ބުނެފައި ވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ގިނަވެ ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ފުލުހުންގެ ޓްރެފިކް ޕެޓްރޯލިންގ އިތުރަށް ވަރުގަދަކޮށްފައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ދުވަސްތަކުގައި އެކްސިޑެންޓް ހިނގައިގެން ރިޕޯޓް ކުރާ މިންވަރު ވަނީ ދަށްވެފައެވެ.