-Advertisement-

-Advertisement-

މިއަހަރުގެ ބާ އިމްތިހާނުގައި 183 ފަރާތަކުން ބައިވެރިވެއްޖެ

ފޮޓޯ: ބާ ކައުންސިލް

ރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބާ އިމްތިހާނުގައި މިއަހަރު 183 ފަރާތަކުން ބައިވެރިވެއްޖެއެވެ.

ބާ ކައުންސިލުން މީސްމީޑިއާގައި އާއްމުކޮށްފައިވާ ބަޔާންކޮށްފައިވާ ގޮތުގައި 190 ކެންޑިޑޭޓުންނަށް އިންތިޒާމު ކުރެވުނު މިއިމްތިހާނު ބާއްވާފައި ވަނީ ވިލާ ކޮލެޖުގައެވެ.

މިއަހަރުގެ އިމްތިހާނުގައި 183 ފަރާތަކުން ބައިވެރިވެފައިވާއިރު، 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 505 ފަރާތަކުން ބާ އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.

ބާ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި ބާ އިމްތިހާނަކީ ޤާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ އިލްމާއި ހުނަރު އަލަށް ނުކުންނަ ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށާއި ފެންވަރު ވަޒަންކުރުމަށް ދެވޭ ގާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ ‘މިނިމަމް ބެންޗްމާކް’ އެކެވެ.

އެގޮތުން މިއަހަރުގެ އިމްތިހާނުގައި މައިގަނޑު 6 ދާއިރާއަކުން 120 ‘މަލްޓިޕްލް ޗޮއިސް’ ސުވާލު ތައްޔާރު ކުރެވިފައިވާ ކަމަށާއި، މިސުވާލުތައް ތައްޔާރު ކުރެވިފައި ވަނީ ދިވެހި އަދި އިނގިރޭސި ބަހުން ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

ބާ އިމްތހާނުން ފާސްވުމަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލަކަށްވުމަށްޓަކައި ފުރިހަމަވާންޖެހޭ އަސާސީ ތިން ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތެވެ. މިޝަރުތުގެ އިތުރުން، ޤާނޫނީ ދާއިރާއިން ޑިގްރީއެއް ހާސިލު ކުރުމާއި، ޤާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަކުރަންޖެހޭ ލައިސެންސިން ތަޖުރިބާ ވެސް ފުރިހަމަ ކުރަން ޖެހެއެވެ.

މި އަހަރުގެ ބާ އިމްތިހާން އިންތިޒާމްކޮށްފައި ވަނީ ރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ބާ އެސޯސިއޭޝަނާއި ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަނޭޝަނަލް އެއިޑް(ޔޫއެސްއޭއައިޑީ)ގެ އެހީތެރިކަމާއެކުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-