-Advertisement-

-Advertisement-

އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރަނީ

ހިޔާ ފްލެޓް ސަރަހައްދު. ފޮޓޯ: ސޯޝަލްމީޑިއާ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އިއުލާން ކުރަން މަސައްކަތް ކުރާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިރޭ ހާމަކޮށްފިއެވެ.

އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެވުޒާރާއިން މިހެން ބުނެފައި ވަނީ ފްލެޓުތައް ބަހާފައިވާ ގޮތާއި މެދު އާންމުގެ ޝަކުވާތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިމައްސަލަ ބަލަމުން ދަނިކޮށެވެ. އެކޮމިޝަނުން މިމައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.

އެހެންނަމަވެސް، އެކޮމިޝަނުން ވަނީ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-