-Advertisement-

-Advertisement-

މެލޭޝިޔާގެ ޤުރްއާން މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރި ޝާޔާއަށް ރަންވަނައެއް!

މެލޭޝިއާގެ ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޝާޔާއަށް މުބާރާތުން ތިން ވަނަ: ފޮޓޯ/ ވަޒީރު ޝަހީމް

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިޔާގައި ކުރިއަށް ދިޔަ  64 ވަނަ “މެލޭޝިއާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެމްބްލީ 1446/2024” ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރި ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރު މުބާރާތުން ރަން ވަނައެއް ޙާޞިލްކޮށްފިއެވެ.

އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 ގައި ތަޢުލީމް ޙާޞިލްކުރާ ފާޠިމަތު ޝާޔާ ޒާހިރު މި މުބާރާތުގައި ވާދަކުރީ ރިސައިޓަލް ކެޓެގަރީގައެވެ. 13 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ދިޔަ މި މުބާރާތުގައި ޝާޔާ ބައިވެރިވެ ކިޔަވައިފައިވަނީ ނުބަލައި ކިޔެވުމުގެ ކެޓަގަރީގައެވެ. އަދި ޝާޔާ ވަނީ ނުބަލައި ކިޔެވުމުގެ ކެޓަގަރީން އަންހެން މުޅި މުބާރާތުން ތިން ވަނަ ޙާޞިލްކޮށްފައެވެ.

އެގޮތުން މި މުބާާރާތުގައި ޝާޔާ ހޯދި ރަން ވަނަ ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޕޯސްޓެއްގައި ޝާޔާއަށް މަރުޙަބާ ދަންނަވައި ވިދާޅުވީ، ޝާޔާގެ ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށެވެ.

އުމުރުން 10 އަހަރުގައި ޤުރްއާން ހިތުދަސްކުރި ޝާޔާ ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވި 29ވަނަ “އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން” އިން ރާއްޖޭގެ ފަރާތުން ބައިވެރިވެ އެ މުބާރާތުން ދެވަނަ ހޯދައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-