މާދަމާ ހެނދުނު ސްޓެލްކޯއިން މާލެ ސިޓީ މާފަންނު ސަރަހައްދުގައި ކުރާ މަސައްކަތެއްގެ ސަބަބުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ލޮނުޒިޔާރަތް މަގު، ރަތްވިލާ ހިނގުން އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ލޮނުޒިޔާރަތް މަގު، ރަތްވިލާ ހިނގުން އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުން މާދަމާ (14 އޮކްޓޫބަރު 2024) ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ… pic.twitter.com/rcc8y0j8l6
— STELCO (@STELCOMALDIVES) October 13, 2024
އެކުންފުނިން މިމަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:30 އާއި 10:30 އަށެވެ. އެހެންކަމުން އެވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.