-Advertisement-

-Advertisement-

ފަނޑިޔާރުން އައްޔަންކޮށްފައިވާ ދާއިރާއިން ބޭރަށް ދަތުރުކުރާނަމަ ހުއްދަ ނަގަން އަންގައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

ފަނޑިޔާރުން އައްޔަންކޮށްފައިވާ ދާއިރާއިން ބޭރަށް ދަތުރުކުރާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުއްދަ ނަގަން ޖެހޭނެ ކަމަށް ކަނޑައަޅާއިފިއެވެ.

ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ސޮއި ކުރައްވާ މި މަހުގެ 9 ގައި ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އެ ފަނޑިޔާރަކު އައްޔަން ކޮށްފައިވާ ޖުޑީޝަލް ދާއިރާއިން ބޭރަށް ދަތުރު ކުރާނަމަ އެފަނޑިޔާރަކު ޖޭއެސްސީގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.

ސާކިއުލާ ބަޔާންކޮށްފައިވާ ގޮތުގައި އެސާކިއުލާ އާއްމުކޮށްފައިވާ ދުވަހުން ފެށިގެން އެއުޞޫލަށް އަމަލު ކުރަން ފަށާނެއެވެ.

ޖޭއެސްސީން މިފަދައިން ނިންމާފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-