-Advertisement-

-Advertisement-

ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރުމަށް ނަން ފޮނުވައިފި

ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާ ސަފީރަކަށް އާއިޝަތު އަޒީމާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވާ އާޒިމާ އިންޑިޔާ ސަފީރުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ މިހާރު އެ މަޤާމުގައި ހުންނެވި، އިބްރާހިމް ޝަހީބުގެ ދައުރު ހަމަވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރުމާމެދު މަޖިލިހުގެ ރުހުން ހޯދުމަށްޓަކައި ފޮނުއްވައިފައެވެ.

އެޔާއެކު މަޖިލީހުން ވަނީ، އަޒީމާ އިންޑިއާ ސަފީރަކަށް އަައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

2019- 2023ށް ޗައިނާގެ ސަފީރު ކަމުގެ މަޤާމުވެސް އަދާކުރެއްވި އާޒިމް އިންޑިޔާ ސަފީރުކަމަށް އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ، ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުންނެވެ.

އެ ޤާނޫނުގައި ބުނާގޮތުން، ސަފީރުކަމުގެ މަޤާމުގައި ބޭފުޅަކަށް ހުންނެވޭނީ ތިން އަހަރުގެ މުއްދަތަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-