-Advertisement-

-Advertisement-

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ފެށުން ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން އޮތް މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ ފަރާތުން ފަށައިފިއެވެ.

އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް މިއަދު ހެނދުނު ވަނީ ފަށައިފައެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރުވުން ފާހަގަކުރުމުގެ ގޮތުން އެ މަެުކަޒުގެ މަސްފެންގަނޑު ހަދައިދޭނެ ބަޔަކު ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނެއްވެސް ކުރިއެވެ.

އެހެން ނަަމެވެސް ދަޢުލަތުގެ މާލީ ޙާލަތަށް ބަލައި މަސްފެންގަނޑެއް ހެދުން އެއީ މި ވަގުތަށް އެންމެ މުނާސަބު ކަމެއް ނޫން ކަމުގައި ވިދާޅުވެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވަނީ އެ އިއުލާން ބާޠިލްކުރުމަށް އަންގަވައިފައެވެ.

އެެހެން ނަމަވެސް ސްޓެލްކޯގެ ފަރާތުން ވަނީ އިސްލާމިކް މިނިސްޓްރީއާއި ބައްދަލު ކުރައްވައި،  މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރު ވަށައިގެން އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓޭލްކޯއިން ކުރިއަށް ގެންދާނެ ކަމުގައި ހާމަކޮށްފައެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-