-Advertisement-

-Advertisement-

ސްނޯކްލިންގަށް އެރުނު ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެ

އއ ގަންގެހި ރިޒޯޓް

ސްނޯކްލިންގަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ހާމަކުރިގޮތުގައި، އއ ގަންގެހި ރިޒޯޓް ބޭރަށް ސްނޯރކްލިންގަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމުގެ ރިޕޯޓް އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ 11:22 އެ އިދާރާއަށް ވަނީ ލިބިފައެވެ.

އެގޮތުން އެ ފަތުރުވެރިޔާ އަކީ އއ ރަސްދޫ ގެސްޓް ހައުސްއަކަށް ޗުއްޓީ ހޭދުކުރުމަށް އައިސް އުޅުނު ފަތުރުވެރިއެއް ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމުގައި ވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅޭ ފަތުރުވެރިން ސްނޯކްލިންގަށް އެރި އުޅެނިކޮށް މަރުވެގެން އެކި ފަހަރު މަތިން ރިޕޯޓްކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-