-Advertisement-

-Advertisement-

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް އަންގަވައިފި

Breaking News

ވޭޕް ކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

އެމަނިކުފާނުގެ އެކްސް ހޭންޑްލްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކި ވަކި ބައިތައް ރާއްޖެ އެތެރެކުރުން 2024 ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވައިފައި ވާކަމަށެވެ.

https://x.com/MMuizzu/status/1845806515829281194?t=PayRoXl_mZznhjjsusodnQ&s=19

އަދި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި އެ ތަކެތި އުފެއްދުމުގެ އިތުރު، އެތަކެތި ވިއްކުމާއި އެތަކެތި އިޝްތިހާރުކުރުންވެސް މަނާ ކުރުމަށް އަންގަވައިފައިވާކަމަށް އެމަނިކުފާނު ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް މިފަދައިން ނިންމަވައި ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފައި މިވަނީ، ވޭޕް ކުރުމުގެ ނުރައްކާތެރިކަން އިތުރުވެ ރާއްޖޭގައި އެކަން މަނާކުރުމަށް ސިއްހީ މާހިރުން ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-