އެއަރޕޯޓް ލަގެޖް އުފުލާ ވެހިކަލެއްގައި އެކްސިޑެންޓެއް ހިނގައި ހިނގި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެއަރޕޯޓުގައި ލަގެޖް އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް އެއަރޕޯޓް އެޕްރޯން ސަރަހައްދުގައި ލައިޓާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓަރަކްޗަރެއްގެ ބުޑުގައި ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ މައުލޫމާތު ހެނދުނު 9:28 ހާއިރު އެ އިދާރާއަށް ވަނީ ލިބިފައެވެ.
އަދި މިހާދިސާގައި ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންގޮސް އޭގެ ފަހުން މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެ މިހާ ކްލިނިކަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އައިޖީއެމްއެޗަށް ގެންގޮސް ބެލި ބެލުމުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމުގައިވެސް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.