-Advertisement-

-Advertisement-

ހުޅުމާލޭގެ އެކޮމޮޑޭޝަނަކުން 7 ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަނުން ހިންގި ރެއިޑުގެ ތެރެއިން: ހުޅުމާލޭގެ ކެފޭތަކާއި ހޮޓާތަކުން ގަވާއިދާ ޚިލާފަށް އުޅޭ 16 ބިދޭސީއަކު އަތުލައިގެންފި - ފޮޓޯ/ އިމިގްރޭޝަން

ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަނެއް ބަލައި ފާސްކޮށް 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮއްސިއެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އާންމު އިޖުތިމާޢީ ރައްކާތެރިކަމުގެ މިންގަނޑާއި ޚިލާފަށް ބިދޭސީން ދިިރިއުޅޭ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން އިމިގްރޭޝަންގެ ފަރާތުން ހިންގަމުން އަންނަ އޮޕަރޭޝަންގައި މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މި ރެއިޑްގެ ތެރެއިން އެ ތަނުގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅޭ 7 ބިދޭސީންނެއް ފާހަގަވެފައިވާކަމަށާއި އެ 7 މީހުންވެސް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެގޮތުން މި 7 ބިދޭސީންނަކީ ވެސް ފިރިހެނުން ކަމުގައި އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން އަންނަނީ ގިނަ ތަނަތަނަކާއި އަދި ރާއްޖޭގައި އުޅޭ ގިނަ ބިދޭސީންނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅަމުންނެވެ.

މި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ޑީޕޯޓްކޮށްލައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-