-Advertisement-

-Advertisement-

ސިޔާސީ މަޤާމުތަކަށް 7000 މުވައްޒަފުން ނެގި ވާހަކަ ސަރުކާރުން ދޮގު ކޮށްފި

ހީނާ ވަލީދު

ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000ށް ވުރެ ގިނަ މުވައްޒަފުން ނަގާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގު ކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ‘އަދަދު’ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިސަރުކާރުން ވަނީ 7000ށް ވުރެއް ގިނަ މުވައްޒަފުން ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް ނަގާފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެއީ ބުހުތާނު ދޮގު ޚަބަރެއް ކަމަށާއި ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ.

ހީނާ ވިދާޅުވީ ޕީސީބީން އާއްމުކޮށްފައިވާ ހިސާބުތަކުން ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު 1000ށް ވުރެ މަދުވެފައިވާކަން ހާމަވެގެންދާ ކަމަށެވެ.

މިފަދަ ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅު ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އަންނަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މިއަދު އެމަނިކުފާނު ވަނީ 228 ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-