-Advertisement-

-Advertisement-

މާދަމާއިން ފެށިގެން ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހެޅޭނެ

އަމީނިއްޔާ ސްކޫލް. ފޮޓޯ؛ އެޑިޝަން އެމްވީ

މާދަމާއިން ފެށިގެން ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާއިރު، މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި ފޯމް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެކަން ފާހަގަކުރައްވާ މިނިސްޓްރީން ބުނީ ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިނިސްޓްރީން ވަނީ ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދީގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-