އައްޑޫސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައު ފޭރެން އެޅުނު މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގިކަމުގެ ރިޕޯޓް މި މަހުގެ 14 ވަނަ ދުވަހު އެ އިދާރާއަށް ވަނީ ލިބިފައެވެ.
އަދި މި މައްސަލައާއި ގުޅިގެން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހަޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީސް މީޑިޔާގައި އާންމުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އައްޑޫސިޓީ ހިތަދޫގެ ފިހާރައަކަށް ދެމީހަކު ވަދެ އެކަކު ދަގަނޑުބުރިއަކުން އަދި އަނެއް މީހާ ވަޅިއަކުން އެ ފިހާރައިގެ ސޭޓަށް ބިރުދައްކައި ފައިސާތައް ފޭރިގެން ދާ މަންޒަރު ފެނެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުން އަންނަ ކަމުގައި ދިވެހި ފުލުހުން ވަނީ ބުނެފައެވެ.