-Advertisement-

-Advertisement-

ހުޅުމާލެގެ ތިން ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއެއް އަތުލައިގަނެފި

ފޮޓޯ: އިމިގްރޭޝަން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެގެ ތިން ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް 1 ގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 3 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، މިތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިމިގްރޭޝަނުން ހިނގަން ފެށި ރެއިޑް އޮޕަރޭޝަންތަކުގެ ތެރޭގައި މިހާތަނަށް މާލެ އާއި ހުޅުމާލޭގެ ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17ން ފެށިގެން މިހާތަނަށް އިމިގްރޭޝަނުން ވަނީ 4،000ށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-