-Advertisement-

-Advertisement-

ޑްރަގް ނެޓްވޯކެއްގައި އުޅުނު 4 މީހަކު އުމުރަށް ޖަލަށްލައި 4 މިލިޔަނުން ޖޫރިމަނާކޮށްފި

އުމުރަށް ޖަލަށްލާން ޙުކުމްކުރި ހަތަރު މީހުން

ޑްރަގް ނެޓްވޯކެއްގައި ހަރަކާތްތެރިވި 4 މީހަކު އުމުރަށް ޖަލަށްލުމަށާއި ކޮންމެ މީހަކުވެސް ބޮޑުއަދަދަކުން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފިއެވެ.

2021 ވަނަ އަހަރު ފުލުހުން ހިންގި އޮަޕަރޭޝަނެއްގައި ހައްޔަރުކުރި މި ހަތަރު މީހުންނަކީވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އިދާރާއިން ހިންގި އޮޕަރޭޝަނެއްގައޮ ހައްޔަރުކުރި ހަތަރު މީހުންނެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި 4 މީހުންނަކީ:

  •  ގދ. ތިނަދޫ ރަންގަލް، އުމުރުން 45 އަހަރުގެ ހަސަން ލޫތު

  • ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، އުމުރުން 36 އަހަރުގެ  ހަސަން ރަޝީދު

  • ތ ތިމަރަފުށީ، ވައިޓްރޯސް، އުމުރުން 43 އަހަރުގެ އިސްމާއީލް ޝަރީފް

  •  މއ. ހަސްލަތު، އުމުރުން 35 އަހަރުގެ  ޝާނިޔާ އިބްރާހިމް

އެގޮތުން މި އެންމެންގެ މައްޗަށްވެސް އުފުލައިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ، މި ހަތަރުމީހުންގެ މައްޗަށްވެސް ސާބިތުވާކަމަށް ކަނޑައަޅައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ، މި ހަތަރުމީހުންވެސް އުމުރަށް (25 އަހަރަށް) ޖަލަށް ލުމަށާއި ކޮންމެ މީހަކުވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށްފައެވެ.

4 މީހުން ކުރި ޖޫރިމަނާގެ ތަފްސީލް:

  • ހަސަން ލޫތު – 2 މިލިޔަން ރުފިޔާ

  • ހަސަން ރަޝީދު – 1 މިލިއަން ރުފިޔާ

  • އިސްމާއީލް ޝަރީފް – 5 ލައްކަ ރުފިޔާ

  • ޝާނިޔާ އިބްރާހިމް – 5 ލައްކަ ރުފިޔާ

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް އޮންނަ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-