ހުރަވީ ސްކޫލުގައި ދަރިވަރަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެ ސްކޫލުގައި އިން ދަރިވަރަކަށް ސިއްޙީ ޙާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓް މިއަދު ހެނދުނު އެ އިދާރާއަށް ލިބިފައިވާކަމަށެވެ.
އެގޮތުން އެއީ 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.