-Advertisement-

-Advertisement-

އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދެއް މިއަދުވެސް ހުދު ސަމާލުގައި!

ކަނޑު ގަދަ ދުވަހެއްގައި ދަތުރު ކުރަނީ

ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދުގެ 3:30އި ހަމައަށް ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މީގެ އިތުރުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި ރާއްޖެއަށް މިއަދު ޖުމުލަގޮތެއްގައި މޫސުން ރަނގަޅުވީނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިން 3-6 ފޫޓު އުސް މިނުގައި ހުންނާނެއެވެ.

އުދައަރާނެކަމަށް ލަފާކޮށް އިއްޔެވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-