ދިވެހިރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމަށް ސްޓެލްކޯއިން ޗައިނާގެ ޓީބީއީއޭ ގްރޫޕް އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓާ ޙުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން މާލެ، ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ސަރަޙައްދުގައި ހަކަތައިގެ ބޭނުންތައް ފުއްދައިދިނުމަށް މަތީ ކެޕޭސިޓީގެ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.
މީގެއިތުރުން، 150 މެގަވޮޓުގެ ޑުއަލް-ފިއުލް ޕަވަރ ޕްލާންޓެއް ނުވަތަ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް މައި އިންޖީނުގެއެއް ތަރައްޤީކުރެވި، އަދި ދެމެހެއްޓެނިވި އަދި އިތުބާރުހުރި ހަކަތަ ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، މިފަހުމުނާމާގެ ސަބަބުން މާލެ ސަރަޙައްދަށް ދެވޭ ކަރަންޓުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންތެރި ލީޑަރޝިޕަޝާއި، އެމަނިކުފާނު ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ހިދުމަތް ފޯރުކޮށްދިނުމުގެ ޝަރަފު ސްޓެލްކޯއަށް ލިބުމަކީ އެކުންފުނި ފަޚުރުވެރިވާ ކަމެއް ކަމަށެވެ.