-Advertisement-

-Advertisement-

ފީނަން އެރި އުޅުނު އަލިފުށި ޒުވާނަކު ނިޔާވެއްޖެ

Breaking News

ރ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސްހިފަން ފައިބައި އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެރަށު ކަނޑުތޮށި ކައިރިއަށް މަސްހިފަން އެރުނު 3 ޒުވާނެއްގެ ތެރެއިން އެކަކު މައްޗަށް ނާރާކަމުގެ ރިޕޯޓް މިއަދު މެންދުރު 12:08 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

އަދި އެ ޒުވާނާ ނަގައިގެން އަލިފުށީ ސިއްޙީ މަރުކަޒަށް ގެންދެވިފައިވާ ކަމަށާއި ، އޭނާ ނިޔާވެފައިވާކަމަށް އެރަށު ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ރ އަލިފުށީ ކަޝްމީރުގޭ އުމުރުން 24 އަހަރުގެ ނަބީޙް ހަސަން ކިޔާ ޒުވާނެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-