-Advertisement-

-Advertisement-

ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިލަކުން ޖެހުނީ މަގުމަތީ ހުރި މީހެއްގެ ގައިގައި!

ގދ ނަޑެއްލާ

ގދ ނަޑެއްލާގައި ބަރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިލަކުން މަގުމަތީގައި ހުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ރޭ ދަންވަރު 12:05 ހާއިރު ހިނގި މި އެކްސިޑެެންޓް ހިނގައިފައިވަނީ، އެރަށުގެ ޖެޓީ މަގުން ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވަކަރުތަކެއް ބަރުކުރަން މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިކަމަށެވެ.

މި ހާދިސާގައި ސައިކަލުގައި ތިބި ދެމީހުންގެ އިތުރުން ސައިކަލުން ޖެހުނު މީހާއަށް އަނިޔާވެ ފަރުވާދިނުމަށްޓަކައި ތިނަދޫ ޑރ. އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮއްސައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި ފަހުން އިތުރު ފަރުވާއަށް ބޭނުންވެ ސައިކަލުން ޖެހުނު މީހާ އާއި ސައިކަލު ދުއްވަން އިން މީހާ މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި އިރު ސައިކަލު ދުއްވަން ތިބީ 18 އަހަރުގެ ދެމީހުން ކަމަށާއި އޭގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ހާމަކުރެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ، އުމުުރުން 47 އަހަރުގެ ފިރިހެނަކަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-