-Advertisement-

-Advertisement-

ވޭމަންޑޫ ޗިލްޑްރަން ސަރވިސް ސެންޓަރުގައި ތިބި ކުދިން އެހެން ރަށަކަށް ބަދަލުކޮށްފި

ތ. ވޭމަންޑޫ - ފޮޓޯ/ އޯޝަން އެކްސްޕޮލަރާ

ތ.ވޭމަންޑޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްރެން ސާވިސް ސެންޓަރުގައި ތިބި ކުދިން އެހެން ރަށަކަށް ބަދަލުކޮށްފިއެވެ.

މިކުދިން އެހެން ރަށަކަށް ބަދަލުކޮށްފައިވަނީ، އެ ސެންޓަރުގައި ހުންނަ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ޙަމަލާދިނުމާއި ގުޅިގެން އެކަމާއި މެދު އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނުރުހުންވުން ފާޅުކޮށް އެ ކުއްޖާ އެރަށުން ބޭލުމަށް ގޮވާލައި އެ ސެންޓަރުގެ ކުރިމަތީގައި މުޒާހަރާކޮށް އެ ރަށުގެ މަޝްރަޙު ވަރަށް ބޮޑަށް ހޫނުވުމާއި ގުޅިގެންނެވެ.

އެރަށުގައި ހުންނަ ސެންޓަރުގައި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ޖުމުލަ 5 ކުއްޖަކު ތިބެއެވެ.

އެގޮތުން މާއުލޫމާތު ލިބޭގޮތުގައި ރަށުތެރޭގައި އެ ކުއްޖާގެ އުޅުން ހުންނަ ގޮތުގެ އިތުރުން ސްކޫލުގައި ކިޔަވާ ކްލާހުގެ ކުދިންނަށްވެސް ހާނިކަކޮށް ކަރުހިފުން ފަދަ ކަންކަންދިމާވެ، އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް  މީގެ ކުރިންވެސް އެކި ފަހަރުމަތިން އެރަށުގެ މީހުންވަނީ ގެނެއްސައެވެ.

އެހެން ނަަމަވެސް އެއިން އެއްވެސް ކަަމަކަށް ޙައްލު ނައިސް އެންމެ ފަހުން އެ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ހަމަލާދިނުމާއ ގުޅިގެން އެކަމާއި ދެކޮޅަށް އަޑު އުފުލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްރެން ސާވިސް ސެންޓަރު ކުރިމައްޗަށް އެއްވެ މުޒާހަރާކޮށްފައެވެ.

އެގޮތުން އެ އަންހެން ކުއްޖާ އެރަށުން ބޭލުމަށް ގޮވާލައި ކުރި މި މުޒާހަރާ ހޫނުވެ މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ފޮގް ބޭނުންކޮށްފައި ވާއިރު، މުޒާހަރާގެ ތެރެއިން ބަޔަކާއި ފުލުހުންނާއި ދެެމެދު ކުރިމަތިލުމެއް ހިނގައި މިހާރު އެ މައްސަލަވެސް ވަނީ ހޫނުވެފައެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ވޭމަންޑޫގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި ތިބި ހުރިހާ ކުދިންވެސް މިހާރު އެހެން ރަށަކަށް ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް އެކުދިންގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެ ކުދިންގެ އުމުރާއި ބަދަލުކުރި ރަށް އެ މިނިސްޓަރީން ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-