-Advertisement-

-Advertisement-

އަރަފާތު ތައްޔާރުކުރި ކާތަކެއްޗަށް ބުޅާ މަސްއެޅިކަން ސާބިތެއް ނުވި!

އެމްޑީ އަރަފާތު ހޮސައިން

އާންމު އިޖްތިމާޢީ ސިއްހަތުގެ މިންގަނޑާއި ޚިލާފަށް ކުޑަ ކުޑަ ކޮޓަރިއެެއްގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރަމުން އަންނަ ކަމަށާއި އަދި އެ ތަކެއްޗަށް ބުޅާ މަސްއަޅައިގެން ތައްޔާރުކުރާ ކަމަށް ބުނެ ހައްޔަރުކުރި އަރަފާތު ހޮސައިން ތައްޔާރު ކުރި ކާތަކެއްޗަށް ބުޅާމަސް އެޅިކަން ސާބިތުވެފައި ނުވާ ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން އިންޑަސްޓްރިއަލް ޒޯނާއި ދިމާލު މެރީ ބްރައުން ކައިރިން ބުޅާ ހިފައިގެން ގެޔަށް ގެންގޮސް އޭގެ މަހުން ކާބޯތަކެތި އޭނާ ތައްޔާރުކުރާކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިޔާގައި ދައުރުވެ، އިމިގްރޭޝަންގެ ފަރާތުން އޭނާ ހޯދުމަށް އިއުލާންކުރީ އޯގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.

އެގޮތުން ސެލޫނަކަށް ސިފަ ބަދަލުކުރުމަށް ގޮސް ހުއްޓައި އަރަފާތު ހޯދައި އިމިގްރޭޝަނާއި ހަވާލުކޮށްފައި ވަނީ އޭގެ ދެ ދުވަސްފަހުން އެމަހުގެ 21 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި ބުޅާ މަސް އަޅައިގެން ކާބޯތަކެތި ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ފުލުހުން ކުރި ތަހުޤީގުން އޭނާ ތައްޔާރު ކުރި ތަކެއްޗަށް ބުޅާ މަސް އަޅާއިފައިވާކަން ސާބިތުކުރެވިފައި ނުވާކަމަށެވެ.

އަދި އޭނާގެ މައްޗަށް ޖިނާއީ ތަޙުޤީގެއް ހިންގޭވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވުމުގެ ސަބަބުން އެ މައްސަލައިގެ ތަޙުޤީޤު ނިންމާލައިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، އެ މައްސަަލައިގައި ހައްޔަރުކުރި އަރަފާތު އިމިގްރޭޝަނާއި ހަވާލުކުރުމުން އެ އިދާރާއިން އޭނާ ޑީޕޯޓްކޮށްލައިފައިވާކަމަށެވެ.

ބުޅަލު މަހުގައި ކާނާ ތައްޔާރުކުރިކަމަށް ތުހުމަތުކުރެވުމުން ގިނަ ބަޔަކު ވަރަށް ބޮޑަށް ކަނބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑު އުފުލިއެވެ.

ބުޅަލު މަހުގައި ކާނާ ތައްޔާރުކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވި ނަމަވެސް، އޭނާ ކާނާ ތައްޔާރުކުރަމުން ދިޔަ މުޑުދާރު ބަދިގޭގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ދައުރުވިއެވެ. އެ ތަނަކީ ކާނާ ތައްޔާރުކުރަން އެކަށިގެންވާ ސާފުތާހިރު ތަނެއް ނޫނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-