-Advertisement-

-Advertisement-

މިފްކޯއިން ދައްކަން ޖެހޭ 20.5 މިލިއަން ރުފިޔާގެ ޙުކުމް ބާތިލު ނުކުރެވޭނެ: ސިވިލް ކޯޓު

ފޮޓޯ: ސަންގު

އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން މިފްކޯއިން އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ 20.5 މިލިއަން ރުފިޔާގެ ޙުކުމް ބާތިލު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މިމައްސަލައަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ކިޔާ ކުންފުންޏަކުން މިފްކޯގެ މައްޗަށް އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ހުސްވި އަހަރުގެ ނޮވެމްބަރު މަހުގައި މިމައްސަލައިގައި ޙުކުމް ކުރައްވަމުން ސިވިލް ކޯޓުން ނިންމީ 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް އުޅަނދުން މަންފާ ހޯދުމުގައި ގެއްލުންވެފައިވާ ކަމަށާއި ލިބުނު ގެއްލުމަށް ބަދަލުގެ ގޮތުގައި 20.5 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ މިފްކޯގެ ޣައިރު ހާޒިރުގައި ޙުކުމްކޮށް މިފައިސާ 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ އަންގައިފައެވެ.

މިއަށްފަހު، މިފްކޯއިން ވަނީ މަދަނީ އިޖްރައާތުގެ ޤާނޫނުގެ ދަށުން، ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއުކުރަން ހުށަހެޅޭތީ، މި ހުކުމް ބަތިލުކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް، ސިވިލް ކޯޓުން މިމައްސަލައިގައި ކުރި ހުކުމުގައިވަނީ 20.5 މިލިއަން ދައްކަން މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް އެ ކުންފުންޏަށް ދެއްކިފައި ނުވާކަމަށާއި އެހެންކަމުން އެ ހުކުމް ބާތިލް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-