-Advertisement-

-Advertisement-

ވ އަތޮޅު ރިޒޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެންބިގެން މަރުވެއްޖެ

ވ ފުލިދޫ

ވ އަތޮޅު ރިޒޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެންބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ވ އަތޮޅު ރިޒޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:29 ގައި އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ފަތުރުވެރިޔާއަކީ، ސިނަމަން ވެލި ފުށީ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެކެވެ.

އެގޮތުން ގެނބުނު ފަތުރުވެރިޔާ ފެލިދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ނިޔާވެފައިވަނީ އުމުރުން ބެލަރުސްއަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ އަންހެނެއްކަމަށް ފުލުުހުން ބުނެއެވެ.

މި މައްސަަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-