-Advertisement-

-Advertisement-

4 ގަޑި އިރުގެ މަސައްކަތުން ތިލަފުށީ ވެމްކޯ ސައިޓްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި އަލިފާން ރޯވެފައި. ފޮޓޯ: އެމްއެންޑީއެފް

ކ ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓްގައި މިއަދު މެންދުރެއް ހާއިރު ރޯވި އަލިފާންގަނޑު، 4 ގަޑިއިރުގެ މަސައްކަތުން ނިއްވާލެވިފައިވާކަމުގައި އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެގޮތުން އެމްއެންޑީއެފުން މިއަދު މެންދުރުވަނީ، ކ ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު 12:04 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވާކަމުގައި ބުނެފައެވެ.

އަދި މި ރިޕޯޓް ލިބުމާއެކު  އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ އަދާހަމަ ހިއްސާކޮށް އެމްއެންޑީއެފުން ފަހުން ވުނެފައިވަނީ އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލެވިފައިވަނީ މިއަދު ހަވީރު، 16:32 ހާއިރު ކަމަށެވެ.

އެގޮތުން މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުގައި އެ އަލިފާންގަނޑު ރޯވެފައި ވަނީ އެ ސައިޓުގައި އޮތް ކުނިފުންޏެއްގައެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-