-Advertisement-

-Advertisement-

އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަން ނިންމައިފި

ފޮޓޯ: އައްޑޫލައިވް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރީގެ އުސޫލުން ދެމުން އަންނަ ޚިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްޤީކުރަމުން އަންނަ ތަންތަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކި ވިޔަފާރިތަކުން ދައްކަންޖެހި، ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެޗްޑީސީން ވަނީ މިއަދުން ފެށިގެން 2024 ނޮވެމްބަރު 30ގެ ނިޔަލަށް އެކުންފުނިން ވިޔަފާރި އުސޫލުން ދެމުން އަންނަ ޚިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްޤީކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި، ނުދައްކާ ހުރި ފަރާތްތަކުން ފައިސާ ދައްކައި ޚަލާސްކޮށް އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ޔަގީންކުރުމަށް އެދިފައެވެ.

މީގެއިތުރުން، މިމުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ފައިސާ ދެއްކުމަށާއި، މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ، އީމެއިލް މެދުވެރިކޮށް recovery@hdc.mv އަށް މެއިލްކޮށްގެން ކުރިއަށްގެންދިއުމަށް ވެސް އެޗްޑީސީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-