އައްޑޫ ސިޓީ ހިތަދޫގެ ތިން ސަރަހައްދެއް އެކްސިޑެންޓު ހިނގާ ހަތް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހިތަދޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް މިރޭގެ އެކި ވަގުތުތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، މި އެކްސިޑެންޓުތަކުގައި ހަތް މީހަކަށް އަނިޔާވެގެން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ހަ ފިރިހެނުންނާއި އަންހެނަކު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ މީގެތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިރޭ ހިނގި ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށާއި މި ތިން އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓްގެ ސީނަށް ފުލުހުން ދިޔައިރު ރޫޅާލާފައިވާ ކަމަށެވެ.
މި އެކްސިޑެންޓުތަކުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.