-Advertisement-

-Advertisement-

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 4360 ބިދޭސީން ޑީޕޯޓްކޮށްލައިފި

އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 4360 ބިދޭސީން ޑީޕޯޓްކޮށްލައިފައިވާ ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝައްމާން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 4،360 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ.

“ރާއްޖޭން ފުރުވާލެވުނު މީހުންގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަން ގެނެސް ފުރުވާލި މީހުންނާއި އަމިއްލަ އަށް ފުރައިގެން ދިޔަ މީހުންގެ އިތުރުން ވަކި މުއްދަތެއްގެ ތެރޭގައި ފުރަން އަންގައިގެން ފުރައިގެން ދިޔަ މީހުންވެސް ހިމެނޭ،” ޝައްމާން

އިމިގްރޭޝަންގެ އަމާޒަކީ ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން ޓާގެޓް ކަމަށްވާ 5،000 މީހުން ރާއްޖޭން ޑީޕޯޓްކުރުންކަން ފާހަގަކުރައްވާ ޝައްމާން ވިދާޅުވީ އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އިމިގްރޭޝަނާއި، ފުލުހުންނާއި ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާއިރު، ހޯމް މިނިސްޓްރީ ދަނީ ‘އޮޕަރޭޝަން ކުރަނގި’ ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-