-Advertisement-

-Advertisement-

މާފަންނު ގެޔަކަށް ހޮޅިދަނޑިން އަރަން އުޅުނު މީހަކު ފުރާޅެއްމައްޗަށް ވެއްޓިއްޖި

މާފަންނު ގެޔަކަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހަކު އެ ގެޔާއި ޖެހިގެން ހުރި ޖޭޒް ކެފޭގެ ފުރާޅުމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން ހާމަކުރިގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ރޭ 23:11 ހާއިރު ފުލުހުންގެ އިދާރާއަށް ލިބިގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ އޭޑީކޭއަށް ގެއްގޮއްސައިވާކަމަށެވެ.

އެގޮތުން މި ހާދިސާގައި ފުރާޅު މައްޗަށް ވެއްޓިފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރޭ އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެކަން ހިނގި ސަރަހައްދުގައްޔާއި އަދި އޭޑީކޭގައިވެސް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

އެގޮތުން މިއަދު ހެނދުނު ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ފުރާޅުމައްޗަށް ވެއްޓިފައި ވަނީ ޖޭޒް ކެފޭ ޖެހިގެން ހުރި ގެޔަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހެއް ކަމަށެވެ.

މީގެ އިތުރުން މިހާރު އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-